މުޞީބާތްތަކުގެ ތެރެއިން އެންމެ ބޮޑު މުޞީބާތަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ގިނަފަހަރަށް މުޞީބާތް ކަމުގައި ބެލެވެނީ ބަލިވުން، ފަޤީރުވުން ނުވަތަ ކޮންމެވެސް ތަކްލީފެއް އުފުލަންޖެހުމުންނެވެ. ނަމަވެސް އަހުރެން ވިސްނުމުން މިފަދަ ހުރިހާ ކަންކަމަށްވުރެ މާބޮޑު މުޞީބާތެއް އެބަވެއެވެ.

އަހުރެން ޤަބޫލުކުރާ ގޮތުގައި ހިތްދަތިކަން މެދުވެރިވުމަށްވުރެ ބޮޑު މުޞީބާތަކީ ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެބެން ނުއެނގުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަން ނުއެނގުމެވެ. މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން ނުއެނގުމެވެ! މީސްތަކުންގެ ޙައްޤުތައް އަދާކުރަން ނުއެނގުމެވެ. ވީމާ ކޮންމެ މީހަކުވެސް ސަލާމަތްވާން މަސައްކަތްކުރަންވީ މިފަދަ މުޞީބާތްތަކުންނެވެ!

އެހެނީ މުޞީބާތްތަކުން ސަލާމަތްވެވެން އޮތް މަގުން ހިނގަން ނުއެނގޭނަމަ ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ ދާނީ އިތުރަށް ބަނދެވި ތާށިވަމުން ނޫން ހެއްޔެވެ؟ ވީމާ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ ކަމަކަށް މިބުނި ކަންކަން ކުރަން ފަސްޖެހުމުގެ މުޞީބާތުން އަވަހަށް ސަލާމަތްވާށެވެ!

ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެނބުން އަވަސްކުރާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން އެދުމަށާއި މީސްތަކުންގެ ޙައްޤުތައް އަދާކުރަން އަވަސްވެގަންނާށެވެ! އިސާހިތަކު ކަންކަން ޙައްލުވެގެންދާނެއެވެ އިން ޝާ ﷲ

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *