ޝައިޚު އިސްމާޢީލް މުޙައްމަދަށް އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްކަން

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި އެންމެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ. މި ޝަރަފު އެމަނިކުފާނަށް އެރުއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިސްމާއީލް މުހައްމަދުގެ ޚިދުމަތްތަކާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. އެމަނިކުފާނަކީ އިސްލާމީ އިލްމު ފެތުރުއްވުމަށް އެތައް އަހަރުތަކެއް ވަންދެން އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މިހާރު އުމުރުން 90 އަހަރު ވެފައިވާ ދ. މީދު އަށް އުފަން ޝައިހު އިސްމާއީލަކީ ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ބޭފުޅެކެވެ. ނަމަވެސް އެ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާމެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ވަކި ހިސާބަކުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ވަޑައިގެންނެވިއެވެ.

ޝެއިޚްގެ އެހީތެރިކަމާއެކު ދިވެހި 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ފުރުސަތުވަނީ ފަހިކޮށްދެއްވާފައެވެ. މީގެތެރޭގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ދީނީ ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

މަދީނާ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދޭން މަދްރަސާ ޠައިބާ ގެ ނަމުގައި މަދަރުސާއެއް މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާއެކު އުފެއްދެވިއެވެ. މި ސްކޫލް ވެގެންދިޔައީ މިއަދުގެ ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންގެ އެންމެ ފުރަތަމަ ޢިލްމީ ހިޔާވަހިކަންކަމުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *