ރީތި އަންހެނަކު ފެނުނީމާ އަނބިމީހާ ރޮއްވަން ނުޖައްސާ ނިކަން މިމަގުން ޢަމަލުކޮށްބަލާށެވެ!

މިކިޔައިދެނީ ރީތިކަމަށް މަޝްހޫރު އަންހެނަކާއި އިމާމަކާއި ދެމެދުގައި ކަންކަން ހިނގައިދިޔަ ގޮތުގެ ވާހަކައެވެ. ހުރިހާ ފިރިހެނުންވެސް އަދި އަންހެނުންވެސް މިވާހަކައަށް ވިސްނައިފިނަމަ އެމީހަކަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެއެވެ.

އެމެރިކާގެ ހޮޓަލަކުން ވަރަށް ރީތި އެހެނަސް ދެބައިކުޅަ އެއްބައަށް ނިވާކޮށްގެން ހުރި އަންހެނަކާއި މުސްލިމް އިމާމަކާއި ބައްދަލުވިއެވެ. ދެމީހުން އެއްތަނެއްގައި ތިބެފައި ލިފްޓަށް އެރީ އެކުގައެވެ. އަންހެން މީހާ ބޭނުންވީ މަތީ ފަންގިފިލާއަށްދާށެވެ! ނަމަވެސް އިމާމް މީހާ ތިރީ ފަންގިފިލާއަކަށް ފޭބުމުން ފަހަތަށް ފޭބިއެވެ.

އަދި އިމާމް މީހާ އާއި މުޚާޠަބް ކުރިއެވެ. "ކަލޭ އަހަރެން ވަރަށް ނިކަމެތިކޮށްލައި ވަރަށް ދަށު ދަރަޖައިގެ މީހަކަށް ހަދައިފިއެވެ. ކަލޭ ނޫން އެންމެން އަހަރެން ފެނުމުން ބަލައެވެ. ނަމަވެސް ކަލޭ ބަލައިވެސް ނުލިއެވެ. އަހަރެންގެ ސިފަ ހަމަ އެހައި ހުތުރީހެއްޔެވެ؟ ބަލައިލަންވެސް ކަމުނުދާ އަންހެނަކީ ހެއްޔެވެ؟"

ޖަވާބުގައި އިމާމް ވިދާޅުވިއެވެ! "އަހަރެންނަކީ މުސްލިމަކީމެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވަނީ ވަރަށް މަތިވެރި މަޤާމެކެވެ. އެހެންކަމުން ހިލޭ އަންހެނުންނަށް ބަލައި އެމީހުންގެ މިނިވަންކަމަށް ހުރަސް އެޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ވީމާ އަހަރެން އަހަރެންގެ ދީނަށް އަމަލުކުރީއެވެ. އެހެން ނޫން ނަމަވެސް އަހަރެންނަކީ ފިރިއެކެވެ. އަހަރެންގެ އަނތްބަކު އެބައިނެވެ. ދަރިން އެބަ ތިއްބެވެ! ކަލެއަށް ބަލައިގެން ކުރާނީވެސް ކޮން ފައިދާއެއް ހެއްޔެވެ؟"

ޖަވާބުގައި އަންހެން މީހާ އިތުރު އެއްވެސް ވާހަކައެއް ނުދައްކައި އެދުނީ އިމާމްގެ ފޯނު ނަމްބަރަށެވެ! އެކަން އިމާމަށް ވަރަށް ބޮޑުކަމަކަށްވިއެވެ. ނަމަވެސް ގުޅައިފިނަމަ ކޮންމެވެސް ބަޔަކު މެދުވެރިކޮށް މައްސަލަ ޙައްލުކުރުމުގެ ނިޔަތުގައި އިމާމް ފޯން ނަމްބަރު ދެއްވިއެވެ.

ނަތީޖާ އެނގޭހެއްޔެވެ؟ އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަތިވެރި މަޤާމާއި އަންހެނުންނަށް ދީފައިވާ ހިމާޔަތުގެ ބޮޑުކަން އެނގި އިސްލާމްވީއެވެ. ބައިގަޑިއިރު މޭކަޕްކޮށްގެން ނޫނީ ގެއިން ބޭރަށް ނުނުކުންނަ އަންހެން މީހާ މިހާރު ނުކުންނަނީ އެއްވެސް މޭކަޕެއް ނުކޮށް ޙިޖާބު އަޅައިގެންނެވެ.

ބުނެލަން ބޭނުންވަނީ ރީތި އަންހެނަކު ފެނުނީމާ އަނބިމީހާ ރޮއްވަން ނުޖައްސައި ނިކަން މިމަގުން ޢަމަލުކޮށްބަލާށެވެ! އަނބިމީހާއަށް ރޯން ނުޖެހުމުގެ އިތުރުން ތިބާގެ ސަބަބުން އިސްލާމް ދީންވެސް ދާނީ މަތިވެރިވަމުންނެވެ!

–މުފްތީ މެންކުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *