ވަގުތީގޮތުން ފުލުހުންގެ މުއައްސަސާ ހިންގުން ޑީސީޕީ ފަރުހާދަށް

ޢަލީ ޝުޖާޢު އިސްތިއުފާ ދެއްވުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރެއްވުމަށް ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވާފައިވާކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24ވަނަ ދުވަހު ހައްޔަންކުރެއްވި ޢަލީ ޝުޖާޢު، މަޤާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށައަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤަބޫލުފުޅުކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *