މިއީ ރޯދަމަހު ރޯދަ ވީއްލާވަގުތަށް އަޖުމަ ބަލާލަން ވަރަށް ރަނގަޅު ފޮނިއެއްޗެކެވެ. ތައްޔާރުކޮށްލަން ފަސޭހަ އެންމެ ފަސްމިނިޓް ތެރޭގައި ތައްޔާރުކޮށްލާ ނިމޭނެ އެއްޗެކެވެ. މިއީ އެހާމެ އަނގަޔަށް މީރު އަދި ފުރިޖަށް ނުލިއަސް ބޭނުން ކުރެވިދާނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
1 ދަޅު ގެރިކިރު
1 ޖޯޑް ވިޕިން ކްރީމް
½ ޖޯޑް ޗެރީ
½ ޖޯޑް އަލަނާސި، ހިމުންކޮށް ކޮށާފައި
1 ދޮންކެޔޮ
ހަދާނެ ގޮތް:
ބޯތައްޓަކަށް ގެރިކިރާއި ވިޕިން ކުރީމް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޗެރީއާއި، އަލަނާސިއާއި އަދި ދޮންކެޔޮ އަޅާ ރަނގަޅަށް އެއްކުރާށެވެ. ސާވް ކުރުމަށްޓަކައި ރީތި ކުދި ތަށިތަކަށް އަޅާށެވެ. އިތުރަށް ރީތި ކުރުމަށްޓަކައި އޭގެ މައްޗަށް ވިޕިން ކުރީމް އަޅާށެވެ. ދެން އޭގެމައްޗަށް ކޮށާފައިވާ މޭވާ ނުވަތަ އެކިކަހަލަ ނަޓްސް އެޅިދާނެއެވެ.
މި ފޮނިއެއްޗަކީ މާޝްމެލޯއާއިއެކު ބޭނުންކުރުމަށް ކުޑަކުދިން ވަރަށް ޝައުގުވެރިވާ އެއްޗެކެވެ.
