ބާސެލޯނާ ރޮއްވާލުމަށްފަހު އިންޓަމިލާން ފައިނަލަށް.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންޓަމިލާން އާއި ބާސެލޯނާ ބައްދަލު ކުރި ފޯރިގަދަ މެޗުގައި ބާސެލޯނާ ބަލިކޮށް ރޮއްވާލުމަށް ފަހު އިންޓަމިލާން ފައިނަލަށް ދަތުރު ކޮށްފިއެވެ. މި ދެ ޓީމު ސެމީގެ ފުރަތަމަ މެޗުގައި ބާސެލޯނާ ދަނޑުގައި 3-3 ކުން އެއްވަރު ވުމަށްފަހު ދެވަނަ މެޗު އިންޓަމިލާނު ދަނޑުގައި ކުޅުނު މެޗު އިންޓަމިލާނުން ކާމިޔާބު ކުރީ 4-3 ލަނޑުންނެވެ.

ފުރަތަމަ ހާފުގައި އިންޓަމިލާނުން 2 ލަނޑު ލީޑުގައި ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ބާސެލޯނާއިން 3 ލަނޑު ޖަހައި ލީޑު ހޯދިއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން 87 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެއްވަރު ކުރިއެވެ. އިންޓަމިލާނުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތު ގެ ފުރަތަމަ ހާފުގެ 99 ވަނަ މިނެޓުގައި ފްރަޓެއްސި އެވެ.

އިންޓަމިލާނާއި އެކު ފައިނަލަށް ދާނެ ޓީމަކަށް ވާނީ މިރޭ އާސެނަލް އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ. މިމެޗަށް ނިކުންނަ އިރު ޕީއެސްޖީ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *