އާދައިގެ މަތިން ތަށްޓެއް ގައި އަތް ނުބީހި އާސެނަލްގެ ސީޒަން ނިމިއްޖެއެވެ. ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޕީއެސްޖީ އާދެކޮޅަށް ކުޅުނު ދެމެޗުން ބަލިވެ 3-1 ގެ އެގްރިގޭޓުން ބަލި ވުމާއެކު އެންމެ ބޮޑަށް ހޯދަން ބޭނުން ވި ތަށި ނުލިބި މުބާރާތުން ވަކި ވުމަކީ އާސެނަލް އަށް ލިބުނު ވަރަށް ބޮޑު ދެރަ އަކަށް ވާނެއެވެ.
ވޭތުވެ ދިޔަ ތިން ސީޒަންގައިވެސް ރަނގަޅު ނަތީޖާ ތަކެއް ނެރުނު ނަމަވެސް ފަހުވަގުތު ވަނީ ހުރިހާ ތަށްޓެއް ގެއްލިފައެވެ. ޕީއެސްޖީ ގެ ދަނޑުގައި ކުޅެވުނު ފޯރިގަދަ މެޗުގައި އާސެނަލް އަށް ވެސް ގޯލް ޖަހާނެ ވަރަށް ހުސް ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައި ވެއެވެ.
ޗެމްޕިއަންސް ލީގު ފައިނަލު ގައި ވާދަ ކުރާނީ ޕީއެސްޖީ އާއި އިންޓަމިލާން އެވެ. ފައިނަލް މެޗު އޮންނާނީ މިމަހު އެއްތިރީސް ވަނަ ދުވަހުގެ ރޭ 12 ޖަހާ އިރު، ބަޔާން މިއުނިކު ދަނޑު އަލިއަންޒް އެރީނާ ގައެވެ. މިއީ ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދިޔަ ދެވަނަ ފަހަރު ވެސް މެއެވެ.
