އިނގިރޭސި ދެ ކުލަބް ޔޫރޮޕާ ފައިނަލަށް

ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބު ކޮށް މި ސީސަންގެ ޔޫރޮޕާ ލީގު ފައިނަލަށް ޕްރެމިއާ ލީގުގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާރ ޔުނައިޓެޑް އާއި ޓޮޓެންހަމް ދަތުރު ކޮށްފިއެވެ. ޓޮޓެންހަމް އާއި ބޯޑޮއި ގްލިމްޓް ކުޅުނު ސެމީގެ ދެ ލެގުން 5-1 ގެ އެގްރިގޭޓުން ކުރި ހޯދި އިރު ޔުނައިޓެޑް ސްޕެއިން ގެ އެތްލެޓިކް ކުލަބު އަތުން ކުރި ހޯދީ 7-1 ގެ އެގްރިގޭޓުން ނެވެ.

މި ނަތީޖާ އާއި އެކު އަންނަ ސީޒަން ގައި ޕްރެމިއާ ލީގު ގެ ހަ ކުލަބަށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި ޓޮޓެންހަމް އަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. އަދި ދެ ޓީމުވެސް ލީގުގެ ފަހަތުގައި ވުމުން ޔޫރޮޕާ ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރު ކުރެވޭނެ އެވެ. ޔުނައިޓެޑް އަކީ ކުރިން ވެސް މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެކެވެ.

ފައިނަލު މެޗު އޮންނާނީ މިމަހު 21 ވަނަ ދުވަހުގެރޭ ރާއްޖޭގެ ގަޑިން 11 ޖަހާ އިރުއެވެ. މެޗު ކުޅޭނީ ސްޕެއިންގެ ބިލްބާއޯ ދަނޑު ގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *