ސިޓީ ބަލިކޮށް އެފްއޭކަޕް ކްރިސްޓަލް ޕެލަސް އަށް

ގަދަފަދަ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް ކްރިސްޓަލް ޕެލަސް އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ލަންޑަނުގެ ވެމްބްލީގައި ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނިޓްގައި އެބެރޭޗީ އެޒޭ އެވެ.

އެ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ސިޓީން އުފެއްދި ހަމަލާއެއްގައި ޕެލަސްގެ ކީޕާ ޑީން ހެންޑަސަން ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެއީ ރަތް ކާޑު ދައްކަންޖެހޭ ހާދިސާއެއް ނޫންކަމަށް ނިންމަާފައެވެ. އަދި ކުޅުން ކުރިއަށް ގެންދިއުމަށްވެސް ނިންމިއެވެ. ނަމަވެސް ހެންޑަސަން އެ ބޯޅައިގައި އަތްލާ ބޯޅަ ދުރަށް ފޮނުވާނުލިނަމަ އެ ބޯޅަ ކޮންޓްރޯލްކޮށް ލަނޑަކަށް ހެދުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ.

އެއަށްފަހު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރުމަށް މެންޗެސްޓާ ސިޓީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް އޮމަރް މާމޯޝްއަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 58 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސްގެ މުނޯޒް އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގެ ކުޅުން ނިމިގެން ދިޔައީ މެޗުގެ ކުރީ ކޮޅު ކްރިސްޓަލް ޕެލަސްއިން ކާމިޔާބުކުރި ހަމައެކަނި ގޯލާއެކު ކްރިސްޓަލް ޕެލެސް މޮޅުވެގެންނެވެ.

މިއީ ކްރިސްޓަލް ޕެލަސް މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ކްރިސްޓަލް ޕެލަސް ފައިނަލްގައި ކުޅުނެވެ. އެއީ 1990 އަދި 2016 ވަނަ އަހަރު އެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން މެންޗެސްޓާ ސިޓީ އަށް ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. އަދި އެ ޓީމު މިވަގުތު އޮތީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ގެއްލޭ ހިސާބުގަ އެވެ. މިހާ ދަށްކޮށް ސީޒަން ނިންމާލަން ޖެހުނުއިރު ސިޓީ އަކީ ފާއިތުވެދިޔަ ފަސް އަހަރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް މި ސީޒަނުގެ ދަށް ނަތީޖާތަކާއެކު މިހާރު ވަނީ ޓީމަށްވަނީ ވަރަށް ބޮޑު ބަދަލެއް ގެންނަން ފަށާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *