މޫސުން އިތުރަށް ގޯސްވެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެއީ މިއަދުގެ 11:30 އިން ފެށިގެން މެނދުރު ފަހު 15:30 އަށެވެ.
މެޓުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
