ބޭނުންވާ ތަކެތި:
20 އެމް. އެލް ގްރެނެޑިން ސިރަޕް
10 އެމް. އެލް ލުނބޯ ޖޫސް
50 އެމް. އެލް ފްރެޝް އޮރެންޖް ޖޫސް
50 އެމް.އެލް ފްރެޝް އަލަނާސި ޖޫސް
ޑައިޓް ކޯކު
ހަދާނެ ގޮތް:
ފުރަތަމަ ހަރިކޭން ތަށްޓަށް (ދިގު ބިއްލޫރި ތަށި) ފުރެންދެން އައިސް އަޅާށެވެ. އެންމެ ފުރަތަމަ ތަށްތަށް ގްރެނެޑިން ސިރަޕް އަޅާށެވެ. ދެން ލުނބޯ ޖޫސް އަޅާށެވެ. ދެން ފްރެޝް އޮރެންޖް ޖޫސްއަޅާށެވެ. އޭގެ މައްޗަށް ފްރެޝް އަލަނާސި ޖޫސް އަޅާށެވެ. މި ކޮންމެ ޖޫހެއް އަޅާނީ މަތީގައިވާ ތަރުތީބުންނެވެ. ތަށި ނުފުރި ހުރިބަޔަށް ފުރެންދެން ޑައިޓް ކޯކު އަޅާށެވެ. ދެން ގާނިޝް އަކަށް އޮރެންޖު ފޮއްޗެއް ތަށީގެ އަރިމަތީގައި ޖަހާށެވެ. ބޯލަން ވުމުން ޖޫސްތަށި ގިރާލާށެވެ.
