ޤައުމީ އެއަރލައިންގައި ދިވެހިން ޙައްޖަށް ފުރައިފި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ޤައުމީ އެއަރލައިން މޯލްޑިވިއަން ގައި މިއަދު ހެނދުނު 8:00 ގައި ސައުދީއަށް ފުރައިފިއެވެ. މި ފްލައިޓުން 255 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ. މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ޙައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ. އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ގޮސްފައިވަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބައެއް ބޭރުގެ އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

މިއަދު ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވާއިރު، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *