ފީފާ ކުލަބު ވޯލްޑް ކަޕް މާދަމާ ފަތިހު ފަށަނީ

ފީފާ ކުލަބު ވޯލްޑް ކަޕް މާދަމާ އެމެރިކާގައި ފަށާނެ އެވެ. މިއީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ރިހާސަލެކެވެ. މިއީ، ފީފާއިން އަލަށް ތައާރަފް ކުރި މުބާރާތެކެވެ.

ކުލަބު ވޯލްޑްކަޕުގައި ކުރިން ކުޅެމުން އައީ ކޮންމެ އަހަރަކު އެވެ. ވާދަ ކުރަނީ ދުނިޔޭގެ ހަތް ބައްރުގެ ޗެމްޕިއަނުން އެކަންޏެވެ. މިއާ ޚިލާފަށް މުބާރާތް ފުޅާކޮށް މި ފަހަރު ދުނިޔޭގެ އެންމެ ގަދަ ކަމަށް މާކްސް ލިބުނު 32 ޓީމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ މުބާރާތަކީ މިއީ އެވެ. ފީފާއިން ނިންމާފައިވަނީ މީގެ ފަހުން މި މުބާރާތް ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބޭއްވުމަށެވެ.

މި މުބާރާތުގައި ދުނިހޭގެ ހަ ބައްރުގެ ކުލަބުތައް ވާދަކުރާނެ އެވެ. ބައިވެރިކޮށްފައިވަނީ ކޮންމެ ބައްރެއްގެ ވެސް ޗެމްޕިއަނުންނާއި ޔުއޭފާ ޗެމްޕިއަންސް ލީގާ އެއް ފެންވަރެއްގެ މުބާރާތްތަކުގެ ގަދަ ޓީމުތަކެވެ. މި ގޮތުން ޓީމުތައް ހޮވާފައިވަނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަންސް ލީގުގެ ނަތީޖާތަކަށް ބަލައިގެންނެވެ. ޔޫރަޕުގެ ގަދަ ޓީމުތައް ކަމަށްވާ ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ޗެމްޕިއަން ލިވަޕޫލަށް ފުރުސަތު ނުލިބުނީ މިހެންވެ އެވެ. ނަމަވެސް މިއީ އެމެރިކާގައި މުބާރާތާމެދު އޮތް ޝައުގު ކުޑަވެގެންދާ ކަމެކެވެ.

މުބާރާތުގައި ދުނިޔޭގެ 20 ގައުމެއްގެ ކުލަބުތަކުން ވާދަކުރާނެ އެވެ. ދެކުނު އެމެރިކާ އަށް ދިން ހަ ޖާގަ ލިބުނީ ބްރެޒިލާއި އާޖެންޓީނާގެ ޓީމުތަކެވެ. އޭޝިއާއިން ޖާގަ ލިބުނީ ސައޫދީ އަރަބިއާ އާއި ޖަޕާން އަދި ޔޫއޭއީ އާއި ދެކުނު ކޮރެޔާގެ ޓީމުތަކަށެވެ. އެފްރިކާއިން މިސުރާއި ޓިއުނީޝިއާ އަދި ދެކުނު އެފްރިކާ އާއި މޮރޮކޯގެ ޓީމުތަކެވެ.

މި މުބާރާތް ކުޅެނީ ފީފާ ވޯލްޑް ކަޕް މިހާތަނަށް ކުޅުނު ފޯމެޓަށެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތުގެ ދެ ވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ ޖުލައި 13 ވަނަ ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އެމެރިކާގެ 12 ސްޓޭޑިއަމެއްގަ އެވެ.

މުބާރާތް ވަނީ 8 ގްރޫޕަކަށް ބަހާލާފައެވެ.

  • ގްރޫޕް އޭ: ޕަލްމެއިރާސް، ޕޯޓޯ، އަލް އަހްލީ އަދި އިންޓާ މައޭމީ
  • ގްރޫޕް ބީ: ޕީއެސްޖީ، އެޓްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ އަދި ސިއާޓްލް ސައުންޑާސް
  • ގްރޫޕް ސީ: ބަޔޭން މިޔުނިކް، އޯކްލަންޑް ސިޓީ، ބޮކާ ޖޫނިއާސް އަދި ބެންފީކާ
  • ގްރޫޕް ޑީ: ފްލެމެންގޯ، އީއެސް ޓޫނިސް، ޗެލްސީ އަދި އެލްއޭއެފްސީ
  • ގްރޫޕް އީ: ރިވާ ޕްލޭޓް، އުރާވާ ރެޑް ޑައިމަންޑް، މޮންޓެރޭ، އިންޓާ މިލާން
  • ގްރޫޕް އެފް: ފުލުމިނެންސޭ، ބޮރޫޝިއާ ޑޯޓްމުންޑް، އުލްސާން އެޗްޑީ އެފްސީ އަދި މަމެލޯޑީ ސަންޑައުން
  • ގްރޫޕް ޖީ: ސިޓީ، ވައިދާދު، އަލް އައިން އަދި ޔުވެންޓަސް
  • ގްރޫޕް އެޗް: ރެއާލް، އަލް ހިލާލް، ޕަޗޫކާ އަދި އެފްސީ ސާލްޒްބާގް

ކްލަބް ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ 11 ސިޓީ އެއްގެ 12 ސްޓޭޑިއަމް އެއްގައެވެ. މިގޮތުން މާދަމާ ފަތިހު ކުޅޭ ފުރަތަމަ މެޗު މައޭމީގައި ހުންނަ 65 ހާސް މީހުންގެ ޖާގައިގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީގައި ހުންނަ 82،500 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *