ޕްރިޔަންކާގެ މަންމަ ބުނީ ޕްރިޔަންކާ މަތީން ހަނދާން ނެތިއްޖެ ކަމަށް

ޕުރިޔަންކާ ޗޯޕްރާ މަންމައަކަށް ވީފަހުން ޕްރިޔަންކާ މަތީން ހަނދާން ނެތިއްޖެ ކަމުގައި ޕްރިޔަންކާގެ މަންމަ ބުނެފިއެވެ. ޕުރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ދަ އިންޑިއަން އެކްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަށް އަބަދުވެސް ވިސްނެނީ އޭނާގެ މާމަދަރިފުޅާއި މެދުގައި ކަމަށެވެ. ކޯވިޑް 19 ގެ ސަބަބުން މަދޫ ޗޯޕްރާއަަށް ލޮސްއެޖަލިސްއަށް ދިއުން އެހާ ފަސޭހައެއް ނޫންކަމަށާއި ކުޑަ ދަރިފުޅުގެ ސިއްހަތާއި މެދުގައިވެސް އޭނާ ވިސްނާ ކަމަށެވެ. ނަމަވެސް ފޯނު މެދުވެރިކޮށް މާމަދަރިއާއި ވާހަކަ ދައްކާކަމަށް ބުންޏެވެ.

އެދެމައިން ދެ ޤައުމެއްގައި ތިބެން ޖެހުމުން ޕްރިޔަންކާގެ ދަރިފުޅު އަދިވެސް އޭނާއަށް ނުފެންނަކަމަށް އޭނާ ފާހަގަ ކުރިއެވެ. މިއަހަރު މެދުތެރޭގައި އޭނާ ޕްރިޔަންކާ ގާތަށް ދާނެކަމަށާއި އަދި އޭރުން ދަރިފުޅާ ގުޅޭގޮތުން މީޑިއާއަށް ރަނގަޅު މައުލޫމާތުވެސް ދެވިދާނެކަމަށް އޭނާ ބުންޏެވެ. ޕުރިޔަންކާގެ ދަރިފުޅުގެ ފޮޓޯގަނޑެއްވެސް އަދި ނަމެއްވެސް މީޑިޔާއަކަށް އެމީހުން ހިއްސާއެއް ނުކުރެއެވެ.

ޕްރިޔަންކާ މަންމަ މަދޫއާއެކު…

ޕުރިޔަންކާ ހުންނަނީ ދަރިއަކު ލިބުމުން ވަރަށް އުފަލުން ކަމަށްވެސް އޭނާގެ މަންމަ ފާހަގަ ކުރިއެވެ. އަދި ޕުރިޔަންކާއާއިއެކު ދަރިފުޅު ގޮވައިގެން އިންޑިޔާއަށް އައުމަކީ އޭނާގެ މަންމަގެ އުންމީދެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *