ޝަރުތު ހަމަވި އެންމެންނަށް ސްޓޫޑެންޓް ލޯނު ދޭން ރައީސް އަންގަވައިފި

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް، ކަމާ ބެހޭ ވުޒާރާތަކަށް އަންގަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަހަރު މި ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން 806 ދަރިވަރެއްގެ ހުރިހާ ޝަރުތެއް ހަމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެކު، މި ހުރިހާ ދަރިވަރުންނަށް ލޯން ސްކީމުން ފުރުޞަތު ލިބޭނެއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ.

ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީން އުގެނުމަށް ލޯނަށް އެދި ހުށަހަޅާ ނިސްބަތް އިތުރުވަމުން އަންނަ އިރު، ބައެއް ދާއިރާތަކުން ލޯނަށް އެދޭ މިންވަރު އިތުރެވެ. އެހެންވެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތައް ދެނެގެން ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާތަކަށް އިސްކަން ދިނުމަށް ދަރިވަރުންނަށް މީގެ ކުރިން އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *