ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަކަށް 11 ސްކޫލެއްގެ 12 ދަރިވަރުން ޗައިނާއަށް

ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ދުވަހުގެ "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025″ ގައި ބައިވެރިވުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ދަރިވަރުން މާދަމާ އެ ގައުމަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 2025 ސެޕްޓެންބަރު 9 އިން 2025 ސެޕްޓެންބަރު 12ގެ ނިޔަލަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ.

މި ޕްރޮގްރާމްގައި 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެން ދަރިވަރުންނާއި, 6 ފިރިހެން ދަރިވަރުންނެވެ.

މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓަރ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާއިރު, އެ ޤައުމުގައި ދިވެހިރާއްޖޭގެ ސަގާފަތް ދައްކާލުމަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން, މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *