އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރެއްގައި ސިޔާސީ މަޤާމުތަކާއި ގުޅޭގޮތުން ވަރަށް މުހިއްމު ނިންމުމެއް ނިންމަވާފަ ވާކަމުގައި އިންތިގާލީ ސްޕޯކްސް ޕާސަން ހާމަކުރައްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ސްޕޯކްސް ޕާސަން ހާމަ ކުރެއްވި ގޮތުގައި ކުރިއަށްއޮތް ފަސްއަހަރު ދިވެހިރާއްޖޭގައި ވެރިކަންކުރާ ސަރުކާރުގައި އުފައްދަވާ ވަޒީފާތައް 700 އަށްވުރެ ގިނަ ނުވާނެކަމަށާއި އެއީ ދައުލަތުގެ ހުރިހާ ވުޒާރާއެއް ހިމެނޭގޮތުން އުފައްދަވާނެ މަގާމުތައް ކަމުގައި ފާހަގަ ކުރެއްވިއެވެ. އެއީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި އެހެނިހެން މުވައްސަސާ ތަކުގެ އިތުރުން ރައީސުލް ޖުމުހޫރިއްޔާއާއި ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ގެ ކޮޅު ހިމެނޭހެން އުފައްދާ މަޤާމުތަކެވެ.
މީގެ އިތުރުން އެފިޝެންޓް ސަރުކާރަކަށް ހެދުމަށްޓަކައި އެކިއެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހިމެނޭހެން ޤާބިލު ތައުލީމީ ފަރާތްތަކަށް ފުރުސަތު ދެއްވާ ޝާމިލް ސަރުކާރެއް އެކުލަވާލާނެކަމަށްވެސް މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
މިއީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުން ވެރިކަން ކުރާ ސަރުކާރަކުން ވަޒީފާތައް އުފައްދާނޭ އެންމެ މަދު ޢަދަދެވެ. މިހާރުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ވުމުގެ ސަބަބުން ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
