ޑރ. މުޢިއްޒު އާއެކު މި އަންނަނީ 10 އަހަރު ދުވަހުގެ ވެރިކަމެއްކުރަން: އަދުރޭ

މިއަންނަނީ އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި އެކީ 10 އަހަރުގެ ވެރިކަމެއް ކުރަން ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް އަދާ ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކުގެ ހާލަތު ހުރި ނެތް ގޮތް ވަޒަންކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޑރ. މުޢިއްޒުގެ މި 5 އަހަރު ދުވަހުގައި ވެރިކަމުގެ ވަޢުދުތައް ނުފުއްދިގެން އިތުރު ފަސް އަހަރު ދޭން ރައްޔިތުންގެ ގާތުން ނޭދޭނެކަމަށެވެ." "އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގައި. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުޢިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފައި." އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ވަޢުދުތައް ފުއްދުމަށް ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށާއި އެގޮތުން މިއަހަރު ބާކީ އޮތްތަނަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓަށް ކަންކަން ހުށަހެޅުމަށާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ކަންކަން ހުށަހެޅުމުގެ ފުރުސަތުވެސް މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވައުދުތައް ނުފުއްދިގެން އިތުރު ފަސް އަހަރު ދެން އަންނަ ސަރުކާރަކުން ނޭދޭނެ ކަމަށާއި ފަސް އަހަރު ފަހުން އެ ރަށަކަށްވީ ވައުދު ކޮބާތޯ ރައްޔިތުން ސުވާލު ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން އަހާނީ މިއަންނަ ފަސް އަހަރަށް އެރަށަށް ކޮށްދޭނީ ކޮންކަމެއްތީ އާއި ވެރިކަމަށް އަންނަނީ އެވަރަށް އިތުބާރާއި ޔަގީންކަމާއި އެކު ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ނުތިބޭނަން ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލާއިގެން ތިބެ، ތިމަންނަ ފުރަތަމަ ފަސް އަހަރަށް ވީ ވައުދުތައް ފުއްދަން އަދި އިތުރު ފަސް އަހަރު ދޭށޭ ބުނާކަށް ނުތިބޭނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *