އަލަށް އެކުލަވާލެވޭ ސަރުކާރުގައި އަންހެނުންނަށް ވިޔަފާރި ފެށުމަށާއި ތަރައްގީކުރުމަށް ފަހި ފުރުސަތުތަކެއް ދެވޭނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ޕްލޭން އެކުލަވާލައްވާ "ހަފްތާ 14″ ނަމުގައި ވަޢުދުތައް ހިމެނޭ މެނިފެސްޓޯގައެވެ. ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތުގައި އެކުލެވޭ ބައެއް ކަންކަމުގެ ތެރޭގައި 14 ހަފްތާގެ ތެރޭގައި ނިންމާ ދިވެހިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެއެވެ.
އާސަރުކާރުގައި އަންހެނުންނަށް ވިޔަފާރި ފެށުމަށާއި ތަރައްގީކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓް އަޕް ލޯން ސްކީމެއް ތަޢާރަފު ކުރައްވާނެކަމަށާއި އަންހެނުން އުފައްދާ ތަކެއްޗާއި ޚާއްޞަކޮށް ރާއްޖޭގައި އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ޚާއްސަ އޮންލައިން ސެޓަޕެއް ތަޢާރަފް ކުރައްވާނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ވަޒީފާ އަދާކުރެވޭނެ ފަހި ގޮތްތަކެއް ރާވާ އަންހެނުންނަށް އަމާން ރައްކާތެރި މާހައުލެއް ފޯރުކޮށްދެވާނެކަމަށްވެސް އަލިއަޅުވާލާފައިވެއެވެ.
