ބަރަހަނާ ވެބްސައިޓުތައް ސަރުކާރުން ބްލޮކްކޮށްފި

ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ރާއްޖެއިން ނުވަދެވޭގޮތަށް ސަރުކާރުން ބްލޮކްކޮށްފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ކޭމްއިން ވަނީ ސަރުކާރުގެ އެންގުމަށް އެފަދަ ހުރިހާ ވެބްސައިޓުތަކަށް ރާއްޖޭގެ އެއްވެސް ނެޓްވޯކަކުން ނުވަދެވޭގޮތް ހަދާފައެވެ.

މީގެކުރީ ސަރުކާރުންތަކުންވެސް މިކަން ކުރުމަށް މަސައްކަތްކުރި ނަމަވެސް މިއީ ރާއްޖޭގެ ތާރީޚުގައި މިކަން ކުރި ފުރަތަަމަ ފަހަރެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ބަހުސް ކުރެވިފައިވެއެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް އޭރުގެ ޕްރޮސިކިއުޓަ ޖެނެރަލް، ހޯމް މިނިސްޓަރީއަށް އަންގާފައިވެއެވެ. ނަމަވެސް އޭރު އެކަން ތަންފީޒު ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުރި އަރާފައިވާ ބައެއް ޤައުމުތަކުގައި ވެސް ބަރަހަނާ ވެބްސައިޓުތަކަށް ވަނުން އޮންނަނީ ބްލޮކް ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *