ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 2023 ނޮވެންބަރު 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި މިއަދު އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
ވަޒީރުންނަށް ރުހުން ހޯއްދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާ އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވާ ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ.
އެހެންނަމަވެސް، ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވުމަށް މިއަދު ވަނީ ނިންމާފައެވެ.
