ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ
ރައީސް މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވުމާ ގުޅިގެން ގާސިމް މީގެކުރިން ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ނުކުންނަވައިފައެވެ. ގާސިމް ވަނީ ރައީސް މުއިއްޒު ވަކިކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފައެވެ
