ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލު ހުސްކުރަނީ

މާލެ ޖަލު ހުސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އާސިފް ވިދާޅުވީ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީން އެ ތަނުން ބަދަލު ކުރުން ކަަމަށެވެ.

" ކަރެކްޝަނުން މައިގަނޑު އެންމެ ބޮޑަށް ފޯކަސްކޮށްގެން ކުރަމުންދާ އެއްކަމަކީ ދަރުމަވަންތަ ސްކޫލާއި އިންވެގެން މާލޭގެ ޖަލު ހުރުމާއި ގުޅިގެން ދަރުވަންތަ ސްކޫލްގައި ކިޔަވަމުންދާ ބައެއް ކުދިންނަށް ކުރެވޭ ނޭދެވޭ ކަންތައްތަކަކާ ގުޅިގެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދަނީ." އާސިފް ވިދާޅުވިއެވެ.

އެގޮތުން މާލޭ ޖަލުގައި ބަންދުކޮށްފައިވާ ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކުގައި ތިބި ގައިދީންނަށް ބަދަލު ގެނެސް މާފުށީ ޖަލާއި އައްސޭރި ޖަލުން އިތުރު ޖާގަ ހަދާ މާލޭގައި ތިބި ބައެއް ގައިދީން ދަނީ އެހެން ޖަލުތަކަށް ބަދަލުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *