ދިރާގުން ސީއެސްއާރްގެ ދަށުން އިސްލާމީ މަރުކަޒަށް 6 ޓީވީ ހަދިޔާކޮށްފި!

ހުކުރު ޚުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، މަޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލް އައުޛަމް (އިސްލާމީ މަރުކަޒު)ގެ އެކި ފަންގިފިލާތަކަށް ޚުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު 6 ޓީވީ ހަދިޔާކޮށްފިއެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޓީވީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާއިރު، އިސްލާމީ މަރުކަޒުގެ ފަރާތުން މި ޓީވީ ތަކާއި ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރްޝާން ހަސަން އަދި އެކްޓިންގ ސީއީއޯ އެންޑް ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.


މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެމަނިކުފާނު ވަނީ ދިރާގުން ސީއެސްއާރްގެ ދަށުން މި ވުޒާރާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައިފާ ޝުކުރު ދަންނަވައިފައެވެ. އަދި އެހެން ކުންފުނިތަކުންވެސް ދިރާގުން ދައްކާ ނަމޫނާ ބަލައިގަތުމަށް އެމަނިފާނު ވަނީ ވިދާޅުވެފައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންކަމަށް ފޯރުކޮށްދެވޭ މިފަދަ އެހީތަކަކީ ގެއްލިގެން ނުދާނެ ކަންކަން ކަމަށެވެ.
މިއީ މިފަދަ ހަރަކާތެއް ދިވެހިރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ. މިކަން ވެގެންދާނީ މުޖުތަމަޢުގައި ގިނަ މީހުން ބައިވެރިކުރުމަށް އެޅޭ މުހިން ފިޔަވަޅަކަށެވެ. އަދި ޚާއްސަކޮށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުގެ މުސްލިމުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައަކަށްވެސް ވެގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *