ސިހުރުގެ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒު ހައްޔަރު ކޮށްފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޝަމްނާޒުއާއި އިތުރު 2 މީހަކު މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކަށަަވަރު ކޮށްދީފައެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ސިހުރުގެ ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކަން މީޑިއާތަކުންވަނީ ރިޕޯޓްްކޮށްފައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާއާ އިތުރު ދެ މީހަކު މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުން އެ ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޝަމްނާޒް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން އައްޔަން ކުރުމުގެ ކުރިން ހުންނެވި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލުގެ މަގާމުގައެވެ.

ޝަމްނާޒް ފަހުން ވަނީ ރިޔާސީ ގަނޑުވަރު މުލީއާގެ އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓްގެ މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *