ނޭޕާލުގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ނޭޕާލުގެ ބޮޑުވަޒީރުގެ މަޤާމާ ކޭ.ޕީ. ޝަރްމާ އޮލީ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓުގައި ނޭޕާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ނޭޕާލުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 އޯގަސްޓް 1980 ގައެވެ

އުމުރުން 72 އަހަރުގެ އޮލީ ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ މިއީ ހަތަރު ވަނަ ފަހަރެވެ. މިފަހަރު އޮލީއަށް ބޮޑުވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގެންނެވީ އެ މަޤާމު ފުުރުއްވަމުން ގެންދެވި ޕުސްޕާ ކަމަލް ދަހަލްގެ ސަރުކާރު ރޫޅުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *