ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑު މިއަދު އެކުލަވައިލައި ޗެއާޕާސަން އައްޔަންކޮށްފިއެވެ
މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ތިން ބޭފުޅަކު ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައެވެ. އެއީ:
- ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
- ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
- ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން
އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ވަނީ ހަބީބު ޗެއާޕާސަންއަކަށް އައްޔަންކޮށްފައެވެ.
މިސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
- ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
- 2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު
- ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ
- މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް
- ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން
- ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:
-
ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް
-
މ. ގަސީމް، މޫސާ ރަޝީދު
-
ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ
- ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ގައެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ބޭންކްގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ ކާލް ސްޓުމްކަ އާއި އިއްޔެ ނަން-އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސަޖުނީ ވަނީ އިސްތިއުފާދެއްވައިފައެވެ.
