ކުރިކެޓު ބޯޑު އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަރސްކޫލް ކުރިކެޓު މުބާރާތް މިއަދު ފަށައިފިއެވެ.
އިންޓަރސްކޫލް ކުރިކެޓު މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައެވެ. ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރު 02:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ.
ކުރިކެޓް މުބާރާތުގައި މިއަހަރު ވާދަކުރަނީ ހަތަރު ސްކޫލަކުންނެވެ. އެއީ ތާޖުއްދީނު ސްކޫލާއި، ރެހެންދި ސްކޫލާއި، މުހްޔިއްދީނު ސްކޫލުގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.
މިމުބާރާތުގައި ވާދަކުރަނީ 2 އުމުރުފުރަ އެއްގައެވެ. އެއީ 16 އަހަރުންދަށުގެ އުމުރުފުރާ އާއި 14 އަހަރުންދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.
