ނަޝީދާއި ޑިމޮކްރެޓްސްގެ އެންމެން އެމްޑީީޕީއާ ގުޅެން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓިގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން މިއަދު ނިންމަވައިފިއެވެ.

އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.

ޑިމޮކްރެޓްސްއިން މިއަދު ވަނީ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންތަކެއް ކަށަވަރުކޮށްދިން ގޮތުގައި އެ ބައްދަލުވުމަށް ވަނީ އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ.

އެ ގަރާރުގައި ވަނީ ލޯކަލް ކައުންސިން އިންތިޚާބު ކާމިޔާބުކުރުމަށާއި ގައުމުގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުން ކަމަށެވެ. އެކަން ކުރަން ގިނަ ބަޔަކު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލުކުރާތީ، ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން އިގުރާރުވެފައެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޖުލައި 12، 2023 ގައި އުފެއްދި ޑިމޮކްރެޓްސް ޕާޓީ އުވައިލަން މިއަދު ގަރާރެއް ފާސްކުރިއިރު، ނަޝީދު އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *