ގައްދޫން ގެއްލުނު މީހާ މަރުވެ، ލައްގާފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި މީހާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ބުރާސްފަތި ދުވަހު ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދީ އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު އެވެ.

ފުލުހުން މިޑީއާތަކަށް ހިއްސާކުރި މެސެޖްގައިވަނީ އެމީހާ ފެނިފައިވަނީ މިއަދު 11:45 އެހާއިރު ގަމު ކޮޅުން ކަމަށެވެ.

ގައްދޫއިން ގަމަށް އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އެނބުރި ގައްދުއަށް ދާން ހަމަ އެ ދުވަހުގެ ހެނދުނު 11:15 ހާއިރު ޒަކަރިއްޔާ ފުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން ހަމަ އެ ދުވަހުގެ ހަވީރު ފުލުހުންނަށް ރިޕޯޓުކުރި އެވެ.

އެމްއެންޑީއެފުން އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ހޯދާފައެވެ.

ޒަކަރިއްޔާގެ ދެމަފިރިންގެ ހަތް ދަރިން ތިބެއެވެ. އެއީ ހަ އަންހެނުންނާއި ފިރިހެނެކެވެ.

ކަނޑު ބޭރުވާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން މަނާ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *