އިންޑިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، ފުރަމާނަދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ބޮޑުވަޒީރު މޯދީއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުން މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެއެވެ. އަދި، ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް، ދެޤައުމުގެ ގުޅިފައިވާ ބަޔާނެއް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *