ކޮފީ ނުބޮއި ނުހުންނާތި!

މީހުން ހެނދުނު ތެދުވެ ކޮފީ ބޮނީ އޭގެ ރަހަ މީރުވުމަކުން ނޫނެވެ. އެއީ ހެނދުނު ފުރަތަމަ ކަމަކަށް ވަރަށް ބޭނުންވާ ހަކަތައެއް ލިއްބައިދޭތީއެވެ. މީގެ އިތުރުން ކޮފީގެ ހޫނުކަމުން ވެސް އަހަރެމެންނަށް އަރާމުކަމާއި ހޫނުކަން ލިބެއެވެ. ކޮފީގެ ފައިދާތަކުގެ ތެރޭގައި،

  1. ތިބާގެ މެޓަބޮލިޒަމް އިތުރުވާނެއެވެ.

މިއީ ވޯކްއައުޓް ރޫޓިންއެއް ފަށަން ވިސްނާ ކޮންމެ މީހަކަށް ވެސް އުފާވެރި ޚަބަރެކެވެ. އަދި، މިހާރުވެސް ކަސްރަތު ކުރުމުގައި ދުވަސްތައް ފަށަން އާދަކޮށްފައިވާ މީހުންނަށް ވެސް ބޭނުންތެރި އެއްޗެކެވެ. ކޮފީއިން ލިބޭ ކެފެއިންއިން ގުދުރަތީ ގޮތުން ހަކަތަގެ މިންވަރު އިތުރުކޮށްދީ، މެޓަބޮލިޒަމް ރަނގަޅުކޮށްދީ އަދި ދުވަސް ވަރުބަލި ނުވެ މަސައްކަތުގައި ހޭދަ ކުރެވޭނެ އެވެ.

އަދި ވޯކްއައުޓަކަށް ފަހު ކޮފީ ބުއިމަކީ މެޓަބޮލިޒަމް ވެސް އިތުރުކޮށްދޭ ކަމެކެވެ. ޖާނަލް އޮފް އެޕްލައިޑް ފިޒިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަށް ފަހު ކޮފީ ތައްޓެއް ބޯ އެތުލީޓުންގެ މަސްތަކުގެ ގްލައިކޯޖަން 66 ޕަސެންޓް އިތުރުވެ، ކަސްރަތު ކުރާއިރު ބޭނުންކުރާ ހަކަތަ ރައްކާކުރާ މިންވަރު އިތުރު ކުރުމަށް އެހީތެރިވެދެ އެވެ.

  1. ކޮފީ ބުއިމުން ސިކުނޑި ދުޅަހެޔޮ ވާނެ އެވެ.

ކޮފީއަކީ ސިކުނޑިއަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ތިން ތަށްޓާއި ފަސް ތަށި ކޮފީ ބުއިމުން މެދު އުމުރުގެ އަންހެނުންނާއި ފިރިހެނުންނަށް އަލްޒައިމާ ބައްޔާއި ޑިމެންޝިއާ ޖެހުމުގެ ނުރައްކާ %65 އަށް ދަށްވެއެވެ. އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ކޮފީ ބުއިމުން ޕާކިންސަންސް ޑިޒީޒް ޖެހުމުގެ ފުރުސަތު %32-60 އާއި ހަމައަށް ދަށްވެއެވެ.

ކޮފީ ބުއިމުން ސިކުނޑީގައި ހުންނަ އެޑިނޯސިންގެ ނަމުން މަޝްހޫރު ވަކި ނިއުކްލިއޯސައިޑެއް ބްލޮކް ކުރެވެއެވެ. އެޑިނޯސިން އަކީ ނިއުރޯންތަކުގެ ފަޔަރ ކުރުމާއި ސިކުނޑީގެ ތެރޭގައި ފައިދާހުރި ނިއުރޯ ޓްރާންސްމިޓަރސް ދޫކުރުން މަދުކޮށްދޭ އެއްޗެކެވެ. އަދި ފައިދާހުރި ކެމިކަލްތައް އުފެއްދުން އިތުރުކޮށްދެއެވެ.

މީގެ އިތުރުން އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީގެ ސަބަބުން އަވަސް އަވަހަށް މޫޑު ގޯސްވުން ރަނގަޅުވުމާއި އަދި ހަނދާން ގަނދަވުމުމަށް އެހީތެރިވެދެއެވެ.

  1. ކޯފީޢިން އުފާވެރިކަން ލިބިގެންދެއެވެ.

ހާވާޑް ޕަބްލިކް ސްކޫލް އޮފް ހެލްތުގެ ދިރާސާވެރިން ކުރި ބިންގާ އަޅާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ދެ ތައްޓާއި ހަތަރު ތަށި ކެފެއިން އެކުލެވޭ ކޮފީ ބޯ އަންހެނުންނާއި ފިރިހެނުންނަށް އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު އަމިއްލައަށް މަރުވުމުގެ ފުރުސަތު %50 ދަށްވެ އެވެ .

މީގެ އިތުރުން ކޮފީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭއިރު، މޭވާއާއި ތަރުކާރީ އެއްކޮށްލުމުންވެސް އެއަށްވުރެ ގިނަ އެންޓިއޮކްސިޑެންޓް ހިމެނެއެވެ. އަދި ވިޓަމިން ބީ1، ބީ2، ބީ3، އަދި ބީ5، ޕޮޓޭސިއަމް، އަދި މެންގަނީޒް ފަދަ ފައިދާހުރި ނިއުޓްރިއެންޓްސް ވެސް ހިމެނެއެވެ.

  1. ކޮފީ ބުއިމަކީ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ޖާނަލް އޮފް ދަ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު ހަތަރު ތަށި ނުވަތަ އެއަށްވުރެ ގިނަ ކޮފީ ބޯ އުމުރުން ދުވަސްވީ މީހުންނަށް މެލިގްނަންޓް މެލަނޯމާ ޖެހުމުގެ ފުރުސަތު %20 ދަށްވެއެވެ. ހަމުގެ ކެންސަރުގެ ވަކި ބާވަތްތަކާ ދެކޮޅަށް ކޮފީ މަސައްކަތްކުރެއެވެ. އެއީ އެންޓިއޮކްސިޑެންޓްސް އާއި ފައިޓޯކެމިކަލްސް ގިނައިން ހުރުމުގެ ނަތީޖާއެކެވެ.

  1. ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެއެވެ.

އެންމެ ފަހުން ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާވެރިން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދުވާލަކު އެއް ތަށި ކޮފީ ބޭނުންކުރުން އިތުރުކުރި މީހުންނަށް ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު %11 ދަށްވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *