މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ބޭފުޅުން؛ ފޮޓޯ: ޕީއެސްއެމް

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި،

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ. މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ނެގުމުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެންޑިޑޭޓް ނަމްބަރު އިއްތިފާގުން ލިބިވަޑައިގަތީ އެ ބޭފުޅަކު ފޯމް ހުށަހެޅުއްވި ތަރުތީބާ ގުޅޭ ގޮތަށެވެ.

މޭޔަރުކަމުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ ކަމަށްވާ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރު ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.

މާލެ ސިޓީ މޭޔަރުގެ ގޮނޑި ހުސްވީ އެ މަޤާމުގައި ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ރައީސްކަމަށް އިންތިޚާބުވުމާއިއެކު، މޭޔަރުކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ސިޓީ ކައުންސިލްގެ 3 ގޮނޑި ހުސްވެފައިވަނީ އެ މަޤާމުގައި ތިއްބެވި މެންބަރުން، ސަރުކާރުގެ މަޤާމުތަކަށް އައްޔަން ކުރެއްވުމާއިއެކު، މެންބަރުކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ

މާލޭ މޭޔަރުކަމަށް 5 ކެނޑިޑޭޓަކު ވާދަކުރައްވައެވެ. މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައްވެސް ތަރުތީބުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.

މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު:

• ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މާލެ ސިޓީ މޭޔަރުކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. މުއްދަތު ދީފައިވަނީ މިމަހުގެ 13 އާއި ހަމައަށެވެ.

މާލޭ މޭޔަރު އަދި ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *