މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙުސާން

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އިޙުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް، އެކަމާއި ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެ ކަންކަން ސަރުކާރުން ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ތަންފިޒްކުރުމުގެ ކަންކަން ކުރާނި ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅޭގޮތުން ބުނާނީ، މިއީ މަރުގެ ހުކުން ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް. އެކަން ކުރުމަށް ބަލަންޖެހޭ ކަންކަން ބަލާ، ޤާނޫނާއި ގަވައިދުގެ ތެރެއިން ކުރާނަން." ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާންވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *