"ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ބިން ވިއްކައިގެން އަގު އަދާކުރާ، ކޯޕަރޭޓް ގެރެންޓީ އުސޫލުގެ ދަށުންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
"ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވާ 3 ކުންފުނިންޏާއި މަސައްކަތް ޙަވާލުކުރީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މިމަޝްރޫޢު ކުރިއަށް ގެންދަނީ ބިން ހިއްކައިގެން އެބިން ވިއްކައިގެން އަގު އަދާކުރާ އުސޫލުގެ ދަށުން ކޯޕަރޭޓް ގެރަންޓީއާ އެކުގައިކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްކުރަމުންދަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓެވެ.
ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ބަދަލުގެ ގޮތުގައި މިމަޝްރޫޢުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިތިން ކުންފުންޏަށް ދޭންޖެހެނީ، 70 އެކްޓަރުގެ ބިންކަމަށް ފަޒުލް ވިދާޅުވިއެވެ. މިގޮތުން 10 ހެކްޓަރުގެ ބިން ދިނުމަށް މިއެއްބަސްވުމުގެ ދަށުން ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ފުށިދިއްގަރުފަޅުންނެވެ.
ފަޒުލް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި ހުރި ބިންތައް ރައްޔިތުންނަށް ދޫކުރުމުން، މިހާރު ހުޅުމާލޭ ފޭސް 1 އަދި 2ގައިވެސް އިތުރުކަމެއްގައި ބޭނުންކުރާނެ ބިމެއް ނެތްކަމަށެވެ. އެހެންކަމުން ރަސްމާލެ ތަރައްޤީކުރުމަށް ހިއްކާ ބިމަކީ އެޗްޑީސީއަށް އިތުރުވާ ބޮޑު އެސެޓެއްކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތައް ހިނގުމުގައި ކުންފުންޏަށް އިތުރު ބާރަކަށް ވެގެންދާނެކަމަށްކަމަށް ފަޒުލް ވިދާޅުވިއެ
