ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން، 52 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި މައްސަލަ ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މީގެ މަސްތަކެއް ކުރިން ނިންމާލާފައިވީނަމަވެސް، މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ މިއަދުއެވެ.

މި މައްސަލައިގައި ހައިކޯޓުން އިއްވެވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައިވާ ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އެގޮތުން ޝަރީޢަތް އިންސާފުވެރި ނުވުމާއި ދުސްތޫރީ ހައްގުތައް ނުލިބުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބެލުމަށްވެސް ހުކުމްގައިވެއެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ މުހައްމަދު ސަލީމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *