ސަރުކާރު ހުރިހާ ސުކޫލެއް އޭސީކޮށް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް މި މަހުގެ 26ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފެށޭ ދިރާސީ އައު އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމާއި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށާނެ ކަމަށެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްގެ ދަށުން ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދާ ސްކޫލުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދު ކުރާނެ ކަަމަށްވެސް ޝަފީއު ވިދާޅުވި އެވެ.
ޝަފީޢު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ދެ އަހަރުތެރޭގައި ނިންމާލެވޭނެ ކަމުގައެވެ.
