ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރިއަށް ހުރި ވަގުތު ތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ހިސާބަށެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 02:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން ގޯސްއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ވެސް ހިނގި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *