ބިލުތަކާއި ގުޅޭ ޝަކުވާ ހުށައަޅަން ސްޓެލްކޯއިން ހުޅުވާލައިފި

ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހުޅުވާލައިފިއެވެ.

ކަރަންޓު ބިލާއި ގުޅޭ ޝަކުވާ ހުށައަޅަން ސްޓެލްކޯއިން ހުޅުވާލާފައި މިވަނީ މިދިޔަ މަހު ގޭބިސީތަކަށް ސްޓެލްކޯއިން ފޮނުވި ކަރަންޓު ބިލާއި ގުޅޭގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

ސްޓެލްކޯއިން ބުނީ ބިލު ބޮޑުވުމާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ، އެ ކުންފުނީގެ ކަސްޓަމަރ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގުރާމް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ ކުންފުނީގެ އީމެއިލް [email protected] އަށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ބިލު ބޮޑުވުމާއި ގުޅިގެން ހުށައަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *