ހަޔާތުގެ ފަހުގެ އަހަރުތަކުގައި ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނޭ ކަމެކެވެ. އެކަމަށްޓަކައި ވަކި އާދަތަކެއް ގަބޫލުކުރުމަކީ ދޮށީ އުމުރުގައި އުފަލާއި ހިތްހަމަޖެހުން އިހުސާސް ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ހަޔާތުގެ ފަހުގެ ދުވަސްތައް އުފާވެރި އަދި ދުޅަހެޔޮ މުސްތަގުބަލަކަށް ހެދުމަށް އަވަހަށް މިއަދުންފެށިގެންވެސް ތައްޔާރުވާށެވެ. އެކަމަށްޓަކައި ތިރީގައިމިވާ ކަންކަން ދޫކޮށްލާށެވެ.
އެހެން މީހުން ހީކުރާ ގޮތާމެދު ކަންބޮޑުވުން
އުމުރުން ދުވަސްވާ ވަރަކަށް އެހެން މީހުން އަހަރެމެންނާ މެދު ދެކޭ ގޮތާ މެދު ކަންބޮޑުވުން މަދުވާ ކަމީ ސިއްރެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަދިވެސް މިކަމާ ކަންބޮޑުވެއެވެ. މިއީ ކޮންމެހެން އުފުލަން ބޭނުން ނުވާ ބުރައެއްކަމަށް ގަބޫލުކޮށް އެހެންމީހުން ތިމާގެ ކަންކަމާއިމެދު ދެކޭނެ ގޮތަކާއިމެދު ނުވިސްނާށެވެ.
މި ފާހަގަކުރި ކަންކަމާއިމެދު ވިސްނާނަމަ 60 އަހަރުން މަތީގެ އުމުރުގައި ތިމާގެ އުފާވެރިކަމުގެ ގާތިލަކަށް ތިމާވެދާނެ އެވެ. އެއީ ތިމާގެ ޝައުގުވެރިކަން ހުރިކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭތީއެވެ. އަދި އެކަންކަން ނުކުރެވުމުން އެކަމުގެ ހިތާމަކުރެވޭތީއެވެ. މީގެއިތުރުން ތިމާގެ ހަގީގީ އަމިއްލަ ނަފްސު ހާމަކުރުމަށް ދަތިވެ ތިމާ އެދޭ ކަންކަން ނުކުރެވި ދިރިއުޅުން އުޅެން ހުއްޓުވޭނެއެވެ.
ހަގީގަތަކީ މީހުން އެހެންމީހުންގެ ދިރިއުޅުމުގައި މާ ބޮޑަށް ޖެހިފައި ތިބުމާއި ކަންކަމަށް ފާޑުކިޔުމުން ތިމާގެ ދިރިއުޅުން އާރާސްތުކުރަން އުނދަގޫވުމެވެ. ވީމާ ތިމާގެ ދިރިއުޅުމުގެ ޙުކުމް ކުރުމަށް އެހެންމީހުންނަށް ފުރުސަތުނުދޭށެވެ. ތިމާގެ ދިރިއުޅުމުގެ ކަންކަން ނިންމަން ގިނަ ވަގުތު ހޭދަނުކުރާށެވެ.
އެހެންކަމުން މި ނެގެޓިވް ހަކަތަ ނައްތާލާ އަޚްލާގަށް އަލްވަދާޢު ކިޔާށެވެ. އަދި ހަނދާނުގައި ބަހައްޓަންވީ ކަމަކީ ތިބާގެ ދިރިއުޅުމަކީ ތިބާގެ އަމިއްލަ ކަމެއްކަމެވެ. އަދި އެހެން މީހުން ގޮތްފާޑުކިޔަން ފުރުސަތު ނުދޭށެވެ.
ރުޅިވެރިކަމުގައި ދެމިހުރުން
އެހެންމީހަކާއިދެމެދު ޖެހޭ މައްސަލައެއްގައި ރުޅިވެރިކަން އުފެދުމުން އެކަން ރަނގަޅުނުކޮށް ހިތުގައި އަޅައިގެން ހުރުުމުން އޮޅުން ބޮޅުން ބޮޑުވެ ހަރުކަށި ބަސްތަކާއި އަނިޔާވެރި އިހުސާސްތައް އުފެދުން ނޫންކަމެއް ނުވެއެވެ.
އުމުރުން ދުވަސްވަމުންދާއިރު މިފަދަ ރުޅިވެރިކަމުން ތިބާގެ ހަޔާތުން ނަގަމުން ދިޔައީ ކިހާ ހަކަތައާއި އުފާވެރިކަމެއްކަން އިހުސާސްވެސް ނުކުރެވޭނެއެވެ. އެއީ ހިލަތަކުން ފުރިފައިވާ ބަރު ދަބަހެއް ގެންގުޅެގެން އުޅޭ ކަހަލަ ކަމެކެވެ. އެ އެކުވެރިޔާއާ މެދު ވިސްނާލާ ކޮންމެ ފަހަރަކު، ރަނގަޅު ވަގުތުތައް ހަނދާން ކުރުމުގެ ބަދަލުގައި، ވިސްނޭނީ ހަމައެކަނި މައްސަލަ އުފެދެން ދިމާވި ހާދިސާއެވެ. އުމުރުން 60 އަހަރާއި އޭގެ ފަހުން ވެސް ރުޅިވެރިކަން ގެންގުޅުމަކީ ގެއްލިފައިވާ އުފަލެއްގެ އަގުހުރި ކަމެއް ނޫނެވެ. ފަހުގެ އަހަރުތަކުގައި އުފާކުރަން ބޭނުންނަމަ މިއީ މާފުކޮށް މާޒީގެ އަނިޔާތަކުން އެއްފަރާތްވެ ކުރިއަށް ދާންވީ ވަގުތެވެ.
ޖިސްމާނީ ސިއްހަތަށް އިހުމާލުވުން
އުމުރުން 60 އަހަރު ވުމުން ގިނަ މީހުންގެ މަސްތަކުގެ ބާރު %30އަށް ދަށްވެއެވެ. އުމުރުން 60 އަހަރުވުމުން ޖިސްމާނީ ސިއްހަތަށް އިހުމާލުވުމަކީ ދިރިއުޅުމުގެ ފެންވަރު ދަށްވެ އުފާވެރިކަން ދަށްވުމަށް މަގުފަހިވާ ކަމެކެވެ. އެކަމަކު، އުފާވެރި ޚަބަރަކީ ހަށިގަނޑަށް ފަރުވާތެރިވެ ކަސްރަތު ކުރަންފެށުމަކީ ދުވަހަކުވެސް ލަސްވާ ކަމެއް ނޫނެވެ. ދުވާލަކު ހަމައެކަނި 30 މިނެޓް ހިނގާފައި ވިޔަސް ގަވާއިދުން ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބާރުޖެހުމާއި ހިތުގެ ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި މޫޑާއި ހަކަތަ ހުރިމިންވަރުވެސް އިތުރުކޮށްދޭކަމެކެވެ. އެހެންކަމުން މިއީ ޖިސްމާނީ ސިއްހަތަށް އިސްކަންދޭން ފަށަންވީ ވަގުތެވެ. އޭރުން ތިބާގެ މުސްތަޤްބަލުގައި އަމިއްލަ ނަފްސު ތިބާއަށް ޝުކުރުވެރިވާނެއެވެ.
ބަދަލާ ދެކޮޅުހެދުން
ބަދަލަކީ ދިރިއުޅުމުގެ ބައެކެވެ. އަޅުގަނޑުމެން އެކި މަރުހަލާތަކުގެ ތެރެއިން ކުރިއަށްދާއިރު، އަޅުގަނޑުމެން މިދަނީ މެދުނުކެނޑި ތަރައްޤީވެ، އާ ޙާލަތްތަކަށް ހޭނުމަށް ހުށަހެޅެމުންނެވެ. އެކަމަކު ބައެއް ފަހަރު، އަޅުގަނޑުމެން ބަދަލާ ދެކޮޅު ހަދަމެވެ. އަޅުގަނޑުމެން ބޭނުންވަނީ ކަންކަން ހަމަ އެގޮތުގައި ހުރެ މާޒީގެ އަހުލުވެރިކަމުގައި ދެމިހުންނާށެވެ. ބަދަލަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ފުރުސަތެކެވެ. އާ ކަންކަން ދަސްކުރުމާއި، ކުރިއަރައިދިއުމަށާއި އަދި އާ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް ލިބޭ ފުރުސަތެކެވެ.
އެހެންކަމުން، 60 އަހަރާއި އެއަށްވުރެ ގިނަ އަހަރުތަކުގައި އުފާވެރިކަން އިތުރުކުރަން ބޭނުންނަމަ، ބަދަލާ ދެކޮޅުހެދުމަށްވުރެ ބަދަލު ބަލައިގަތުމަކީ މުހިއްމު ކަމެކެވެ.
