ސިނގިރެޓް ބުއިމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ މީހުން ހޭދަކުރޭ – ޚަލީލް

ސިނގިރޭޓު ބުއިމަށް އަހަރެއްގެ މައްޗަށް 1.8 ބިލިޔަން ރުފިޔާ ޚަރަދު ކުރާކަމަށާއި، އެ ފައިސާއިން 50 އެނދުގެ 9 ހޮސްޕިޓަލް އެޅޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ނުނާސަބާތުގައި ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލަށް އަހަރަކު 1.8 ބިލިޔަން ހޭދަކުރާކަމަށާއި އަދި ދުންފަތުން ޖެހޭ ބަލިތައް ނުހަނު ގިނަވެފައި އެ ބަލިތަކަށް ހޭދަކުރަން ޖެހޭ ފައިސާވެސް ވަރަށް ގިނަ ކަމަށެވެ.

ޚަލީލް ވިދާޅުވީ މިކަމުގެ ހައްލުވެސް އޮތީ އަހަރެމެންގެ އަތުގައިކަމަށާއި އެ ހައްލަކީ ސިނގިރޭޓު ބުއިން ހުއްޓާލުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިނގިރޭޓު ހުއްޓާލުމުން އަތުންދާ ވަރަށް ގިނަ ޚަރަދުތައް މަދުވެ އާއިލާތައް ތަހައްމަލް ކުރަން ޖެހޭ ހިތާމަތަކާ ތުރާތަކުންވެސް ސަލާމަތްވާނެ ކަމަށެވެ.

”ކުދިން ސިގިރޭޓު ބޯންފަށަނީ ވަރަށް ޅައުމުރުގައި، 8 އަހަރު 9 އަހަރުގައި، އެބަ ސިގިރޭޓު ބޯންފަށާ” ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ މިހާރަކަށް އައިސް އެއްމެ އާއްމުވެފައިވާ ވޭޕް އަކީވެސް ނުހަނު ނުރައްކާތެރި އެެއްޗެއްކަމަށާއި ނަމަވެސް މިހާރަކަށް އައިސް ފެންނަނީ ބެލެނިވެރިން އެކަމަކީ މާ ބޮޑު ކަމަކަށް ނަހަދާ ދޫކޮށްލާތަން ކަމެވެ. އަދި މިކަމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ވޭޕްގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގެ އެތައް ގައުމެއްގައި އެދަނީ ވޭޕް ކުރުމާއި އެ އެތެރެ ކުރުން ވެސް މަނާ ކުރަމުންކަމަށް ވެސް ޚަލީލު ވިދާޅުވި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *