ސަގާފީ ގިނަ ހަރަކާތްތަކާއި ހަވާ އެރުވުމާއެކު ކުލަގަދަކޮށް ހުޅުމާލޭގައި އަޟްޙާ ޢީދު ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެ އެވެ.
އެޗްޑީސީން ވިދާޅުވީ ޢީދު ވިލޭރޭ ވެދުމާ ދިއުމާއި، އަދި ހުޅުމާލޭގެ ޗެނަލް ސަރަހައްދުގައި ޢީދު ބޮޑު ހުޅު އޮންނާނެ ކަމަށެވެ. ބޮޑު ހުޅު އޮންނާނީ ޢީދު ވިލޭރޭގެ 21:00ގައި ކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވި އެވެ.
އަދި ޢީދު ނަމާދަށް ފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި “ދިރާގު ޢީދު ބޮޑިބަތް”ނަމުގައި އޮންނަ ޖާފަތަށްފަހު އެ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރަކާއި މާލި ޕެރޭޑެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވި އެވެ.
އީދު ހަވާ އެރުވުން އޮންނާނީ އީދު ދުވަހުގެ ރޭ 16 ޖޫން ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.
ވަޅު އީދު ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އެދުވަހު ކޯޑި ކެނޑުމުގެ އިތުރުން އެރޭ ދިރާގު އީދު ޝޯވް އޮންނާނެ އެވެ.
