2024 ވަނަ އަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.
މިއީ ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުންނާއި ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން އެ މިނިސްޓްރީ އިން ކޮންމެ އަހަރަކުވެސް ދޭ އެވޯޑެކެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީ އިން ކުރި އިއުލާނުގައި ވާ ގޮތުން އިނާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމާއި ހަމަޔަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓާ) އިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި އަހަރުގެ ޒުވާނުންގެ އެވޯޑު 17 ދާއިރާ އަކުން ދޭން ހަމަޖެހިފައިވެއެވެ. އެ ދާއިރާ ތަކަކީ:
– ވިޔަފާރި އާއި އިގްތިސާދު
– އާޓްސް އެންޑް ކަލްޗާ – ފަންނުވެރިކަމާއި ސަގާފަތްދިރުވުން
– މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
– ދަރުމަވެރިކަން
– ވޮކޭޝަނަލް ޓްރެއިނިން – ފަސްކޮށްދިނުން
– ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
– ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
– މަސްވެރިކަމުގެ ދާއިރާ
– ދަނޑުވެރިކަމުގެ ދާއިރާ
– މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރުން
– ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރުން
– ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
– ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
– ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން
– ކުޅިވަރުގެ ދާއިރާއިން – ކުޅިވަރުގެ ދާއިރާއިން އާދަޔާ ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތަކަށް
– ފަންނިއްޔާތުގެ ދާއިރާ
– ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
