އަނިޔާ ލިބޭ އަންހެނުންނަށް، އިތުރު ވަގުތީ ހިޔާތަކެއް ތަރައްގީކުރަނީ

އަނިޔާ ލިބޭ އަންހެނުންނަށް ޚާއްސަކޮށްގެން އިތުރު ވަގުތީ ހިޔާތަކެއް ތައްޔާރުކުރަމުންދާކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ "ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ"ގެ ނަމުގައި އިތުރު ތިން ވަގުތީ ހިޔާ ތައްޔާރުކުރަމުންދާކަމަށެވެ. މިވަގުތު ރާއްޖޭގައި މިފަދަ ހާލަތްތަކަށް ޤާއިމުކުރެވިފައި ހުރީ އެންމެ ހިޔާއެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދަދަށް ބަލާއިރު މުޖުތަމަޢަށް މިފަދަ އިތުރު ތަންތަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުށަހެޅޭ މައްސަލަތަކުގެ ނަމްބަރުތަކަށް ބަލާއިރު މުޖުތަމަޢަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން" އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

އަންހެނުންނަށް ލިބޭ އެފަދަ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަށް ނުވަތަ އެކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނައިރު އަންހެނުން ބާރުވެރިކުރުމަށްވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *