ދިވެހި ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ދިވެހި ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު މިއަދު މެންދުރު ރާއްޖެ އަތުވެއްޖެއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާއިރު، ޙައްޖުވެރިން އެނބުރި އަންނަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި މަހުގެ 13 ގައި އައި އިރު، ދެވަނަ ގުރޫޕުގެ ޙައްޖުވެރިން އައިސްފައިވަނީ މި މަހުގެ 14 ގައެވެ.

އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެ ގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއަރޕޯޓުގެ އިންތިޒާމްތަކާއި ދަތުރުފަތުރާއި ކެއުމުގެ އިންތިޒާމްތައް ކުރިއަށްވުރެ މިއަހަރު ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ޙައްޖުވެރިން ރާއްޖެ އަންނައިރު، އަރިދަފުސް ރޯގާ ޖެހި، ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *