މަތީ އަރުތަވެރިންގެ އެވޯޑުގެ ފުރަތަމަ ދަންފަޅީގައި 440 ދަރިވަރަކަށް އެވޯޑްދީފި

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި 440 ދަރިވަރަކަށް އިނާމުދީފިއެވެ. 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގައެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅީގައި ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 9 ގައި ހިމެނިފައިވާ 221 ދަރިވަރުންނަށާއި ގަދަ 8 ގައި ހިމެނިފައިވާ 219 ދަރިވަރުންނަށް ވަނީ ޓްރޮޕީ ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 440 ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްފައެވެ. ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުޙައްމަދު ވަހީދު ޙަސަން އެވެ.

ޘާނަވީ އަދި މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން ތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރެއެވެ.

މީގެ ތެރެއިން އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުންވެސް މިރަސްމިއްޔާތުތަކުގެ ތެރޭގައި އޮންނާނެއެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ދެވަނަ ދަންފަޅި އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ. ހަވީރު ދަންފަޅީގައި އިނާމު ދޭނީ 2023 އަދި 2024 ވަނަ އަހަރުގެ 10 ވަނައިގެ ތެރޭގައި ހިމެނުނު ދަރިވަރުންނަށެވެ. މިރޭ 8:30 ގައި 3 ވަނަ ދަންފަޅީގައި އިނާމު ދިނުން އޮންނާނެއެވެ. އަދި މާދަމާވެސް ދެ ދަންފަޅިއެއްގައި އިނާމުދިނުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *