ސްކޫލް ނިމޭ ގްރޭޑް އޭ ލެވެލް އަށް މަތިކުރަނީ

ރާއްޖޭގައި އޭލެވް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި، އެކަން ހާސިލް ވެގެން ދާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އަހްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާގެ ފަހު ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ޝަފީއު ވިދާޅުވީ، ރާއްޖޭގައި އޭލެވް އެއީ ސްކޫލް ނިންމާ މަރުހަލާ ކަމަށް މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމަށެވެ.

ޝަފީއު ވިދާޅުވީ، ދަރިވަރުން ބާކީ ކުުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި، އިރާދަކުރެއްވިއްޔާމުން މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރައްވާ ކަމާއރައީސްގެ ލަފާފުޅާއި އިރުޝާދާއި އެކުގަައި އެކަން ހާސިލް ވެގެން ދާނެކަމުގައެވެ.

ޝަފީއު ވިދާޅުވީ، އޭލެވެލް މަރުހަލާގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަ ކުރުމަށްޓަކައި 23 ސްކޫލެއްގައި ފެއްޓި ޕައިލެޓް ޕްރޮގްރާމް މިދިޔަ އަހަރު ފެށިއިރު، މި ޕްރޮގްރާމުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ %77 އިތުރުވެގެން ދިޔަ ކަމަށެވެ. އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އެއްކޮށްލުމުން، އޭލެވެލް ކިޔަވާ ދަރިވަރުން މުޅި ރާއްޖޭގައި %38 އިތުރުވި ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *