ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަނުން: ފަތުވާ

ހައްޖަށް ދިއުމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ގޮތުން ވަނީ ފަތުވާއެއް ނެރެފައެވެ.

މި ފަތުވާނެރުނީ ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ  ގުޅިގެންނެވެ.

އެ މައްސަލާގައ،ި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ދިން މައުލޫމާތުގެ އަލީގައ،ި ފަތުވާ މަޖިލީހުގެ މެމްބަރުން އެ މައްސަލަ ދިރާސާކުރިކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ. އަދި އެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް ފަހުގައި ނިންމާފައި ވަނީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ

ހައްޖަށް ދިއުމަށް ބައެއް މީހުން އިންސްޓޯލްމަންޓަށް ވެސް ފައިސާ ދައްކަ އެވެ.އަދި އެއްފަހަރާވެސް ފައިސާދައްކައެވެ.ނަމަވެސް ހައްޖަށް ދިއުމަށް ބޮޑު ކިއުއެއް އޮވެއެވެ.

އެ މައްސަލާގައ،ި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ދިން މައުލޫމާތުގެ އަލީގައ،ި ފަތުވާ މަޖިލީހުގެ މެމްބަރުން އެ މައްސަލަ ދިރާސާކުރިކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ. އަދި އެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް ފަހުގައި ނިންމާފައި ވަނީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.

ހައްޖަށް ދާން އެދިގެން ކިއުގައި 9،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން މިދިޔަ ޖެނުއަރީ މަހު ވަނީ ވިދާޅުވެފައެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް މިހާރު ޖުމްލަ 69،965ރ. ދައްކަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *