އެކްސިޑެންޓުގައި މަރުވީ ތޭރަވާ އާއި އަޝްފާގެ ދަރިފުޅު

މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅުކަން ކަށަަވަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެން އަނިޔާވެ ހާލު ސީރިއަސްވީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހެއް ކަމަށެވެ.

ސައިކަލު އެ މީހާގެ ގައިގައި ޖެހި، ކަހާލައިގެން ގޮސް ޕިކަޕުގެ ދަށުވުމުން އަލްސަންގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލު ވެއްޓެއެވެ. އެއް ކުއްޖަކު ޕިކަޕު ދަށުވިއިރު، ދެ ވަނަ ކުއްޖާ ޕިކަޕުގެ އެއް ފަރާތަަށް ވިއްސައިގެން ދިޔައީއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *